މިހާތަނަށް %26 އަށް ވުރެ ގިނަ މީހުން ވޯޓުލައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 26 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.
އީލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 70،501 ވަނީ ވޯޓުލައިފައެެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 26.66 ޕަސެންޓެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 264،442 މީހުންނަށެވެ.
އަދި މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ އަދަދަކަށް މިހާތަނަށް ވޯޓު ލާފައި ވަނީ ފިރިހެނުން ކަމަށް އިލެކްޝަންސް އިން ވަނީ ހާމަކޮށްފައެވެ.
މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގައި ވެސް ވޯޓުލުމަށް ގިނަ ބަޔަކު ނިކުމެފައި ވަނީ މެންދުރު ފަހުގެ ވަގުތުތަކުގައެވެ. އެހެންވެ ވޯޓު ލާން ނިކުންނަ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް