ދުއްވަމުން ދިޔަ ކާރެއްގައި ވަރަށް ބޮޑަށް ރޯވެ ނުރައްކާތެރި ހާދިސާއެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އައްޑޫ ސިޓީ ހިތަދޫގައި ދުއްވަމުން ދިޔަ ކާރެއްގައި ވަރަށް ބޮޑަށް ރޯވެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.
މި ހާދިސާގެ ރިޕޯޓް މިރޭ 11:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 11:11 ހާއިރުއެވެ. ކާރު ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް ސިފައިން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް