ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަނުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހާއްސަ ހައްޖު ޕްރޮމޯޝަނުގެ ގުރުއަތުން ހޮވުނު ނަސީބުވެރިން އިއުލާނުކޮށްފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން 10 ފަރާތަކަށް ހިލޭ ހައްޖަށް ދިއުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނަކީ ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ބޭއްވި ހަރަކާތެކެވެ.
މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކޮށްފައިވަނީ ބީއެމްއެލް އިސްލާމިކްގެ ފައިނޭންސިންގ ފެސިލިޓީއެއް ބޭނުންކުރާ ފަރާތްތަކާއި، ބޭންކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ގެންގުޅޭ ފަރާތްތަކުގެ އިތުރުން އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނެވެ.
މި ފުރުސަތު ލިބުނު ނަސީބުވެރިންނަކީ:
ފާތިމަތު ޖަބީން
މުފީދު އަބްދުލްވައްހާބު
ލުގުމާން މުހައްމަދު
އަބްދުالله ފަލީލް
އިބްރާހީމް ނަސީރު
ސުހައިލް އިބްރާހީމް
ސުއައިދު މުހައްމަދު
ސަދާގަތު އަބްދުالله
ޝިނާން އަބްދުالله
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް