ޕީސީބީގެ ބޯޑުން ފަތުހީ ވަކިވެ ވަޑައިގެންފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބަލަދުވެރިފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑް މެމްބަރުކަމުގެ މަގާމުން މޫސާ ފަތުހީ ވަކިވެ ވަޑައިގެންފިއެވެ.
މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، ޕީސީބީގެ ބޯޑުން ށ. ކޮމަންޑޫ - ރަންކޮކާގެ، އަލްއުސްތާޒް މޫސާ ފަތުޙީ އާދަމް، މިއަދު އިސްތިއުފާ ހުށަހަޅާފައިވާތީވެ،ޕީސީބީގެ ބޯޑް މެމްބަރުކަމުން އޭނާ ވަކިވެފައިވާކަމަށެވެ.
ޕީސީބީގެ ބޯޑުން ފަތުހީ ވަކިވެ ވަޑައިގެންނެވީ، ޕީއެންސީގެ ހުސްވެފައިވާ ސެކެރެޓަރީ ޖެނެރަލްގެ މަޤާމަށް އޭނާ އައްޔަނުކުރުމުންނެވެ.
ޕީސީބީ ބޯޑުގައި މިހާރު ތިއްބެވީ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް އާއި، ނޮން އެގްޒެކްޓިވުންގެ ގޮތުގައި ހިމެނޭ ފަރާތުން ލީނާ އަބްދުލް ޖަލީލާއި، ހަސަން ޒަރީރާއި، އުސްތާޛު އަހުމަދު ނަޝާތުގެ އިތުރުން މުހައްމަދު އާޒާދެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް