އާސަންދަ އެބްރޯޑްގެ ސްކީމް ތައާރަފްކޮށްފި
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން އާސަންދަ އެބްރޯޑް ސްކީމް "މެރަން" ގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މެރަންއަށް ރަޖިސްޓަރ ވެވޭނީ ލަންކާ، މެލޭޝިޔާ އަދި އިންޑިޔާގައި އުޅޭ ދިވެހިންގެ ތެރެއިން ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ވިސާ ލިބިފައިވާ މީހުންނަށް ކަމަށެވެ.
"މެރަން" ސްކީމުގެ ދަށުން އަހަރަކު 150،000 ރުފިޔާއާއި ހަމައަށް އާސަންދަ ލިބޭނެ އެވެ. ނަމަވެސް އެޑްމިޓްނުކޮށް ލިބޭ ޚިދުމަތް ކަވަރު ކުރެވޭނީ އަހަރަކު 10،000 ރުފިޔާއަށެވެ.
އާސަންދަ ކުންފުނިން ބުނީ ލަންކާ އަދި އިންޑިއާގައި އާސަންދަ ހިދުމަތް ލިބޭ ހޮސްޕިޓަލްތަކުން މެރަން ސްކީމްގެ ޚިދުމަތް ލިބޭޭނެކަމަށެވެ.
ނަމަވެސް މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް އެ ސްކީމް ފޯރުކޮށްދިނުމަށް އަދި ދެ މަހެއްހާ ދުވަސް ނަގާނެކަމަށް ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް