ނާއިކް .-- ފޮޓޯ: ވީއައިއެޗްއެސް
ނާއިކް .-- ފޮޓޯ: ވީއައިއެޗްއެސް
ކުޅިވަރު 01 Feb 2026 | 03:20

ނާއިކް އަށް ޑުބާއީގައި ދެ ރަން މެޑަލް

ރާއްޖޭގެ 17 އަހަރުގެ ކުޅަދާނަ އެތުލީޓެއް ކަމަށްވާ ޔޫސުފް ނާއިކް ވަޖީހު، ޑުބާއީގައި ބޭއްވި ޖަމްޕް ފެސްޓް ކޮމްޕެޓިޝަންގައި ވާދަކޮށް ހައި ޖަމްޕް އާއި ލޯންގް ޖަމްޕް އިން ރަން މެޑަލް ހޯދައިފި އެވެ.

ޖަމްޕް ފެސްޓް އަކީ ދުބާއީގެ އެންމެ ފެންވަރު ރަނގަޅު އެއް ޓްރެކް އެންޑް ފީލްޑް ކްލަބް ކަމަށްވާ އޭއައިއެސް އެތުލެޓިކް އިން އިންތިޒާމް ކޮށްގެން ބޭއްވި މުބާރާތެކެވެ.

ނާއިކް .-- ފޮޓޯ: މާލްދީފް.ކޮމް

ނާއިކް އަކީ ގައުމީ ފެންވަރުގެވެސް އެތައް ރެކޯޑެއް މުގުރާލައިފައިވާ ކުޅުންތެރިއެކެވެ. އެގޮތުން، މިދިޔަ އަހަރު އޮތް 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި 1.88 މީޓަރަށް ފުންމައިގެން އޭނާ ވަނީ ރާއްޖޭގެ ހައި ޖަމްޕް ގައުމީ ރެކޯޑް ގާއިމުކޮށްފައެވެ. މި ރިކޯޑު އޭނާ އާކޮށްފައި މިވަނީ  1.92 މީޓަރަށް ފުންމައިގެންނެވެ.

އޭނާ ވަނީ އުމުރުން އެންމެ 16 އަހަރުގައި، 15 އަހަރާއި ހަ މަސް ވެފައި އޮތް ގައުމީ ރެކޯޑެއް ވެސް، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ޗެމްޕިއަންޝިޕްގައި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކޮށް، މުގުރާލާފައެވެ.

މީގެ އިތުުުން، ޖޫނިއާ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ޔޫތު ހައި ޖަމްޕް ރެކޯޑް ވެސް އޮންނަނީ ނާއިކް އަތުގަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް