ރިޟްވާންގެ ކަށުނަމާދު ބޭއްވުމުގެ މަސައްކަތް ކުރަނީ
މިނިވަން ނޫހުގެ ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރާލެވުނުކަން ޔަގީންވުމުން، އޭނާގެ ކަށުނަމާދު ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ ނޫހެއްކަމުގައިވާ "ސަން" އިން ރިޕޯޓްކުރާ ގޮތުގައި ރިޟްވާންގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް އާއިލާއާއި އެކު މިނިސްޓްރީން ދަނީ ވާހަކަދައްކަމުންނެވެ.
"އާއިލާއިން ބޭނުންވާ ގޮތެއްގެ މަތިން ކަށުނަމާދުގެ ކަންތައް ކުރިއަށް ދާނެ. މިނިސްޓްރީން ދަނީ އައިލާއާއެކު ވާހަކަ ދައްކަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ފަރާތުން ރިޟްވާންގެ މައްސަލައެއް އަދި އެއްކޮށް ނިންމާފައެއް ނުވެއެވެ.
ނަމަވެސް އެ ކޮމިޝަނުން މިހާތަނަށް އާންމުކުރި ތަހުގީގީ ރިޕޯޓްގެ ޚުލާސާގައިވާ ގޮތުގައި ރިޟްވާން މަރާލުމަށްފަހު ވަނީ ކަނޑުފައްތާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް