ސިވިލް ކޯޓުގައި އޮތް މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރު ކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށްޓަކައި، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، ސިވިލް ކޯޓުން ކޮށްފައިވާ އަމުރާއި ގުޅިގެން ހޯދަމުންދަނީ ކ. މާލެ / މއ. ބިންމާވިލާ، އިސްމާޢީލް ވަޙީދު ކަމަށެވެ. އެމީހާއަކީ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ.
އިސްމާޢީލް ވަޙީދު ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
އެހެންކަމުން، އިސްމާޢީލް ވަޙީދުއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ އެމައުލޫމާތު ފުލުހުންނާއި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް