ދެ ފަތުރުވެރިއަކު އޮޔާދަނިކޮށް ސަލާމަތް ކޮށްފި
ދެ ފަތުރުވެރިޔަކު އޮޔާދަނިކޮށް ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނީ ކެނޯއެއްގައި އޮޔާ ދަނިކޮށް، ދެ ފަތުރުވެރިން ސަލާމަތް ކުރީ ކ.މާފުށީގެ އިރު ދެކުނު ފަރާތުން ބޭރުން ކަމަށެވެ. އެދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެދެމީހުން ސަލާމަތް ކޮށްފައިވަނީ މާފުށީގެ ހަތަރު ފުލުހަކު ޑިންގީއެއްގައި ގޮސްގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ދެފަތުރުވެރިޔަކު އޮޔާ ދަނިކޮށް ސަލާމަތް ކޮށްފައިވާއިރު، ޑައިވިންއަށް ފޭބި ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އެނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް އަދިވެސް އެމީހާގެ ހަބަރެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް