ޕީއެންސީ ޖަލްސާއަށް އެތައް ސަތޭކަ ބަޔަކު، މުޅި ސަރަހައްދު ފުރާލައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީން މިރޭ ބާއްވާ ޖަލްސާއަށް އެތައް ސަތޭކަ ބަޔަކު ޖަމާވެއްޖެ އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ޖަލްސާ ފެށޭނީ 9:00 ގަ އެވެ. ނަމަވެސް އިޝާ ނަމާދުގެ ފަހުން މީހުން ދިޔައީ ޖަލްސާއަށް ހާޒިރުވަމުންނެވެ. މިހާރުވެސް މުޅި އާޓިފިޝަލް ބީޗް އޮތީ ފުރާލާފަ އެވެ.
ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުވެސް އޮތީ މީހުންނައިގެން ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވާހަކަފުޅު ދަައްކަވާނެ އެވެ. މިރޭގެ ޖަލްސާއަށް ވަރަށް ގިނަ ރަށްރަށުން މީހުން ވަނީ ގެނެސްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް