އަތޮޅު ފިހާރަތަކުގެ ފައިސާ އަނެއްކާވެސް ކައުންސިލްތަކަށް
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އަތޮޅު ފިހާާރަތަކުން ކައުންސިލްތަކަށް ފައިސާ ދޭން ޖަހައިފިއެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މި ހަފްތާގެ ތެރޭގައި 12 ކައުންސިލަކަށް ޖުމްލަ ,ބާރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދީފައެވެ.
ފިނޭންސުން ބުނީ ފައިސާ ޖަމާނުކުރެވިފައިވަނީ ހަތަރު ކައުންސިލަކަށް ކަމަށާއި އެފައިސާތައް ވަރަށް އަވަހަށް ޖަމާ ކުރެވިގެންދާާނެކަމަށެވެ.
އެކި އަތޮޅު ފިހާރަތައް އެކި އަގުގައި ކުއްޔަށްދީފައިވާއިރު ކޮންމެ އަތޮޅު ކައުންސިލަކަށްވެސް ލިބެނީ އެފިހާރައެއް ކުއްޔަށްދީފައިވާ އަގުގެ 50 އިންސައްތައެވެ.
އެހެންނަމަވެސް އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2014 ވަނަ އަހަރު އެވެ. އެހެންކަމުން މި ހަފްތާގައި ޖަމާކޮށްދޭން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ފައިސާ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް