ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު 08 Apr 2024 | 07:54

އެއްބަޔަކަށް އައްޑޫސިޓީގެ ކަންކަމުގައި ބަސްކިޔަން ދިނުމުން ނަތީޖާ ނެރެނުދެވުނު: ރައީސް ޑރ.މުޢިއްޒު

އަބަދާއި އަބަދާއި އަބަދު އެއްބަޔަކަށް އައްޑޫސިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގައި ބަސް ކިޔަން ދިނުމުން ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވިފައިނުވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ގެ ލީޑަރ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭގައި، މަރަދޫ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރަައީސް ޑރ.މުޢިއްޒު ވިދާޅުވީ، އައްޑޫ ސިޓީއަކީ މި ސަރުކާރުން ގެންގުޅޭ ޤައުމީ ތަރައްގީގެ ޕްލޭނުގައި ވަރަށް މުހިންމު ހިއްސާއެއް އޮތް ތަނެއް ކަމަށެވެ. އެމަނިކުފާނު ވަނީ މި ޕްލޭން ގެ ދަށުން އައްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމުގެ މަސައްކަތް ކުރާއިރު، އެކަން ހާސިލު ކުރުމަށްޓަކައި ސިޓީގެ ރައްޔިތުންގެ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ،  އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީސް ތެރޭގައި ބަސް ކިޔަން އަބަދު އެއްބަޔަކަށް ދީފައި އޮތުމުން މާނަ ހުރި ދެމެހެއްޓެނިވި ތަރައްގީއެެއް ހާސިލްވެފައިނުވާ ކަމަށެވެ. އަދި އެކިވަރުގެ މަޝްރޫޢުތައް ހިންގާފައި ހުރި ނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ނުވާ ކަމަށާއި، ރައީސް ޑރ.މުޢިއްޒު އަށް އިތުބާރުކޮށް، އެ ފުރުސަތު ދެއްވައިފިނަމަ، އައްޑޫސިޓީން ނަތީޖާ ނެރެދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކަންތައްތައް ނުވެ އެބަހުރި އެކިވަރުގެ މަޝްރޫއުތައް، އެހެން ނަމަވެސް މުޅި ސިޓީގެ ތަރައްގީއަށް ޒުވާނުންނާއި އެކި އުމުރު ފުރައިގެ ރައްޔިތުން އަބަދު ތި އުއްމީދު ކުރައްވާ ވިޝަންއެއް ހާސިލް ނުވޭ. އެހެންވީމަ އެ ގޮޑިތައް، މަޖިލީހުގައި ތިބޭފުޅުންގެ ފަރާތްޕުޅުން ތިއްބަވާ މެންބަރުން ތިއްބަވާ ގޮޑިތަކުގައި މި ވިސްނުމުގައި މާނަ ހުރި ތަރައްގީގެ ވިސްނުމަށް އެއްބާރުލުން ދޭނެ ބޭފުޅަކު މިފަހަރު ހޮއްވަވާ ދެއްވުމަކީ ތިޔަބޭފުޅުންނަަށް ތިޔަބޭފުޅުންގެ ތަރައްގިއަށްޓަކައި ޖެހޭނެ ފާހަގަ،"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ތަރައްގީގެ ޕްލޭންވެސް ފާސްވާން އޮތީ މަޖިލީހުގެ ތެރެއިން ކަމަށްވާއިރު، އެމަނިކުފާނު ބޭނުންފުޅުވަނީ 20 އަހަރުގެ ދުރު ރާސްތާ ތަރައްގީގެ މާސްޓަރ ޕޭލެނެއް އެކަމަށް ހާއްސަ ގާނޫނެއް ހަދައިގެން ގާނޫނަކުން ހިމާޔަތްތެރިކަމާއި ރައްކާތެރިކަން ލިބޭ ތަރައްގީގެ މާސްޓަރ ޕްލޭނެއް ގެނެސްދެއްވުމަށް ކަމަށެވެ.

ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން މަޖިލީހުގައި ތިބުން މުހިންމުކަން ފާހަގަކުރައްވައި، އިތުރަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެހެން ވިސްނުމެއްގެ ބަޔަކު މަޖިލީހަށް ހޮވައިފިނަމަ ރާއްޖެ ތަރައްގީ ކުރުމަށް އެމަނިކުފާނު ފަށްޓަވާފައިވާ މަސައްކަތްތައް މަޑުޖެހިދާނެކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...