ދެ ރަށަކަށް ވިއްކި ތެލުގައި ފެން ހުރިކަމަށް ދެކެވޭ ވާހަކަތައް އެފްއެސްއެމުން ދޮގުކޮށްފި
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ދެ ރަށަކަށް ވިއްކި ތެލުގައި ފެން ހުރިކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
އެފްއެސްއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން ގއ.މާމެންދޫ އަދި ގއ.ނިލަންދޫ އަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ލިޔެ މީސްމީޑިއާގައި ދައުރުވަމުންދާ ޚަބަރަކީ ތެދު ހަބަރެއް ނޫން ކަމަށެވެ.
އެފްއެސްއެމުން ވިއްކާ ތެލަކީ ކޮލިޓީ ތެޔޮކަން ޔަގީނކޮށް ދިނުމަށްޓަކައި ފެނަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހުރިހާ ބާޖެއްގައި ވެސް ހުންނާނެ ކަމުގެ ޔަގީންކަން އެކުންފުނިން ތެޔޮ ގަނެ ބޭނުންކުރާ ފަރާތްތަކަށް ވަނީ އަރުވާފައެވެ.
ތެލުގެ ކޮލިޓީ ދެމެހެއްޓުމަށްޓަކައި، ތެޔޮ ވިއްކާ ފަރާތްތަކުން އެކަމަށް ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް އެފްއެސްއެމުން އިލްތިމާސް ކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް