ކޮމަންވެލްތުގެ ޓީމަކުން އީސީއާއި ބައްދަލުކޮށްފި
ރާއްޖެއަށް މިވަގުތު ޒިޔާރަތްކުރަމުންދާ ކޮމަންވެލްތްގެ ޓީމަކުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުން އޮތީ އީސީގެ އިދާރާގައެވެ.
މީޑިޔާތަކަށް މައުލޫމާތުދެއްވަމުން އެ ކޮމިޝަންގެ މެންބަރ އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ، މި ބައްދަލުވުމުގައި ކޮމަންވެލްތްގެ ފަރާތުން އަންނަ މަޖިލިސް އިންތިޚާބު އޮބްޒާވްކުރުމާއި ބެހޭ ވާހަކަތައް ދެކެވުނު ކަމަށެވެ.
އަދި މީގެ އިތުރުން ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރެވުނު ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
ކޮަމަންވެލްތްގެ މި ޓީމްގެ ޒިޔާރަތުގެ މަގްސަދަކީ ކޮމަންވެލްތްގެ މެންބަރަކަށް އަލުން ވުމަށް ރާއްޖޭގެ ޝަރުތު ހަމަވާތޯ ބަލައި، ދައުލަތުގެ އިސްވެރިންނާއި ބައްދަލުކުރުމެވެ.
އެގޮތުން ރައީސް ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަަމަ ފަނޑިޔާރާއި މިޓީމުން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް