ބާ ކައުންސިލްގެ ރައީސްކަމަށް ސުއޫދާއި ދެކޮޅަށް މައުމޫން ހަމީދު!
އަލަށް ތަސްދީގުކުރެވުނު ގާނޫނީ ފަންނުގެ ބިލުން އުފެދޭ ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ކުރިމަތިލެއްވުމަށް ނިންމައިފިއެވެ.
މިކަން މައުމޫން ހަމީދު ވަނީ ޓްވިޓަރ މެދުވެރިކޮށް އިއުލާންކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މައުމޫންގެ އިތުރުން ކުރީގެ ބަންޑާރަނައިބު ޑރ.ހުސްނުއްސުއޫދުވެސް ވަނީ މި މަގާމަށް ކުރިމަތިލައްވާނެކަމަށް އިއުލާންކުރައްވާފައެވެ.
ގާނޫނީ ފަންނުގެ ބިލުގައިވާގޮތުން ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރުން ތިބޭނެއެވެ.
އެ ހަ މެމްބަރުންނަކީ ވަކީލުންގެ މެދުގައި ނެގޭ ވޯޓަކުން އިންތިޚާބު ކުރެވޭ ހަ މެމްބަރުންނެވެ.
ބާ ކައުންސިލްގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް