އިންސާނީ ވަގުފާރީގައި ހިމެނޭ ކުންފުނިތަކެއްގެ މައްސަލަ ފުލުހަށް ހުށައަޅައިފި
އިންސާނީ ވަގުފާރިކުރާ ކަމުގެ ތުހުމަތުގައި ތިން ކުންފުންޏެއްގެ މައްސަލަ ތަހުގީގުކުރުމަށް އިމިގްރޭޝަންގެ ފަރާތުން ފުލުހަށް ހުށައަޅައިފިއެވެ.
އިމިގްރޭޝަނުން ބުނީ އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް، ގިނަ މަޝްރޫއުތަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ މަކަރުވެރި އަމަލު ހިންގާ އަދި ސައްހަނޫން ލިޔެކިޔުން ހުށައަޅާފައިވާކަމަށް ތުހުމަތުކުރެވިގެން ތިން ކުންފުންޏެއްގެ މައްސަލަ ތަހުގީގުކުރުމަށް މި މަހުގެ 11ވަނަ ދުވަހު ހުށައަޅައިފިއެވެ.
މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ފޮނުވުނީ މައްސަލަތަކާއި ގުޅިގެން ކުރެވިފައިވާ މުއާމަލާތްތަކާއި، މި މައްސަލަތަކުގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ އެންމެހާ މައުލޫމާތާއި އެކުގައެވެ. މީގެ އިތުރުން މި މައްސަލައިގެ ތަހުގީގު ނިމެންދެން އެކުންފުނިތަކުގެ ހިއްސާދާރުންނާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުންދިޔަ ބިދޭސީންނާއި ގުޅޭ ޚިދުމަތްތައް މެދު ކަނޑާލާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެ ފަރާތުން އިތުރަށްބުނީ މި ތިން މައްސަލައާއި އެކު އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ބިދޭސީން ގެނައުމުގައި އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލަ ފުލުހަށް ހުށައަޅާފައިވާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް