ޕީޕީއެމްއިން ކެނޑިޑޭޓުންނަށް ތާއިދުކުރިކަން ރަސްމީކޮށް ނާންގާ: ޖޭޕީ
ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް ކެނޑިޑޭޓުންގެ އަތުން ޓިކެޓް އަތުލާ ޖޭޕީގެ ކެނޑިޑޭޓަށް ތާއިދުކުރިކަން ރަސްމީކޮށް އަންގާފައިނުވާކަމަށް، ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ތަރުޖަމާނު އަދި ސައިންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން، ޖޭޕީގެ ކެނޑިޑޭޓުންނަށް ތާއިދުކުރާކަން އެޕާޓީއަށްވެސް އެނގުނީ ނޫސްތަކުން ކަމަށާއި، އެކަމަށް އުފާކުރާކަމަށެވެ.
އަދި އެހެނިހެން ޕާޓީތަކަށްވެސް ޖޭޕީގެ ކެނޑިޑޭޓުންނަށް ތާއިދުކުރުމުގެ ފުރުސަތު އެބައޮތްކަމަށް އަލީ ސޯލިހު ވަނީ ވިދާޅުވެފައެވެ.
ޖޭޕީގެ ބައެއް ކެނޑިޑޭޓުންނަށް ތާއިދުކުރުމަށް ކޯލިޝަނުން ވަނީ ނިންމާފައެވެ. ވޮއިސްއަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ މިގޮތަށް އަމަލުކޮށްފައިވަނީ ރައީސް ޔާމީންގެ އެންގެވުމުގެ މަތިންކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް