ދަރިންނަށް ވެކްސިން ނުދީ ސްކޫލަށް ނުފޮނުވާ ބެލެނިވެރިންތަކެއް ހައްޔަރުކޮށްފި
ދަރިންނަށް ވެކްސިން ނުދީ ސްކޫލަށް ނުފޮނުވާ ތިބި ބެލެނިވެރިންތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ 6 ކުދިންނަށް ވެކްސިން ނުދީ ސްކޫލަށް ނުފޮނުވާ ގެންގުޅެމުންދާ ކަމަށް ތުހުމަތުގައި އެ 6 ކުދިންގެ މައިންބަފައިން މިއަދު ހަވީރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ބެލެނިވެރިންނަކީ ދީނީ ގޮތުން ހަރުކަށި ޚިޔާލު ގެންގުޅޭ ފަރާތްތަކެކެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިއީ ކައިވެނީގެ ނަމުގައި 12އަހަރުގެ އަންހެންކުއްޖަކު 26އަހަރުގެ ފިރިހެނަކާއި ހަވާލުކުރި މައިންބަފައިންނެވެ. 26އަހަރުގެ ހައްމާދު އެ ކުޑަ އަންހެންކުއްޖާ ރޭޕްކުރި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް