ބްރިޖް ކައިރިން ލޯންޗެއްގައި ރޯވެއްޖެ
ސިނަމާލެ ބުރިޖު ކައިރިން ދަތުރުކޮށްފައިދިޔަ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު 10:36 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔަ އިރުވެސް އަލިފާން ނިވާލާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވާއިރު މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވީ ލޯންޗުގައި ބޭނުންކުރަމުން އަންނަ ހަތަރު އިންޖީނުގެ ތެރެއިން އެއް އިންޖީނު ތާށިވުމުގެ ސަބަބުންކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް