N/A
N/A
ހަބަރު 30 Mar 2019 | 18:05

ނާޒިމްގެ ކެމްޕެއިން ޓީމާ ހީނާގެ ކެމްޕެއިން ޓީމާ ދެމެދު ކުރިމަތިލުންތަކެއް!

ދިއްގަރު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް އަހުމަދު ނާޒިމްގެ ކެމްޕެއިން ޓީމުން އެދާއިރާއަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ހީނާ ވަލީދުގެ ކެންޕެއިން ޓީމަށް ހަމަލާދީ މާރާމާރީ ހިންގަން މަސައްކަތް ކޮށްފިކަމަށް ވޮއިސްއަށް މައުލޫމާތު ލިބިއްޖެއެވެ.

ހީނާ ވަލީދުގެ ކެމްޕެއިން މެނޭޖަރ މުއާޒް ހަލީމް ވޮއިސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ދިއްގަރުގައި މިއަދު ހީނާގެ ކެމްޕެއިން ޓީމުން ކެމްޕެއިން ކުރަމުން ދަނިކޮށް އަހުމަދު ނާޒިމްގެ ކެމްޕެއިން ޓީމަށް ނިސްބަތްވާ ބަޔަކު އައިސް ކެމްޕެއިން ހަރަކާތައް ހުރަސް އަޅާ ގައިގައި ޖެހުމަށް އަތް ހޫރައި، މާރާމާރީ ހިންގުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ.

މުއާޒް ވިދާޅުވީ ނާޒިމްގެ ކެމްޕެއިން ޓީމުުން ހީނާގެ ކެމްޕެއިން ޓީމަށް ފުރައްސާކޮށް މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވަނީ ނާޒިމް އަކީ ރައީސް ޔާމީން ތާއީދު ކުރައްވާ ބޭފުޅެއް ނޫންކަމަށް އެމަނިކުފާނު ދިއްގަރުގެ ރައްޔިތުންގެ އަރިހުގައި ވިދާޅުވުނާއި ގުޅިގެންކަމަށެވެ. އަދި މިއަދު މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވަނީވެސް ރައީސް ޔާމީން ދިއްގަރުގެ ރައްޔިތުންނާއި ދެއްކެވި ވާހަކަތައް ލައުޑް ސްޕީކާރ އެއް ބޭނުންކޮށްގެން ޕިކަޕެއްގައި ޖަހަމުން ދަނިކޮށް ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

މިހާރުވެސް ނާޒިމް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ މުދާލާއި ޕީޕީއެމް ޕީއެންސީގެ ކުލަ ބޭނުންކޮށްގެން ކަމަށް މުއާޒު ވިދާޅުވިއެވެ. އަދި ގޭގެއަށް ގޮސް ކެމްޕެއިން ކުރާއިރުވެސް އޭނާ އަކީ ރައީސް ޔާމީންގެ ތާއީދު ލިބިފައިވާ ކެނޑިޑޭޓެއް ކަމަށާއި، ހީނާ އަށް ވޯޓް ނުދިނުމަށް ބުނަމުން ދާކަމަށްވެސް މުއާޒް ވަނީ ވިދާޅުވެފައެވެ.

އަދި މިވާހަކަތައް ރައީސް ޔާމީންގެ އަރިހުގައި ދެންނެވުމުން، ރައީސް ޔާމިން ދިއްގަރުގެ ރައްޔިތުންނާއި ފޯނުން ގުޅާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި، އަދި އެވާހަކަތަކުގައި ނާޒިމް އަކީ އެބޭފުޅާގެ ތާއީދު ލިބިގެން ކުރިމަތިލައްވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ. އަދި އެބޭފުޅާ ތާއީދު ކުރައްވައިގެން ދިއްގަރު ދާއިރާއަށް ވާދަކުރައްވާފައިވަނީ ހީނާ ވަލީދުކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް މުއާޒް ވަނ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...