މާލޭގައި ކެފޭއެއް ތެރޭގައި މާރާމާރީ އެއް ހިންގައި މީހަކު ޒަހަމް ކޮށްލައިފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
މާލޭ މާފަންނު އާސާރީ ހިންގުމުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވަނީ، މިއަދު 15:28 ގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. މިހާރު މި ފިރިހެން މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް