މަގާމުން ވަކިކުރުމުގެ ކުރިން ސޮފްވާން އިސްތިއުފާދީފި
ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަދި އެ ކޮމިޝަންގެ މެންބަރު އަހުމަދު ސޮފްވާން މަގާާމުން އިސްތިއުފާދީފިއެވެ.
ސޮފްވާން އިސްތިއުފާ ދީފައިވަނީ އޭނާާ މަގާމުން ވަކިކުރުމަށް ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ސޮފްވާންގެ އިސްތިއުފާގެ ސިޓީ ވަނީ ފޮނުވާާފައެވެ. އޭނާ ވިދާޅުވިގޮތުގައި ކޮމިޝަންގެ އެެހެން މެންބަރުންނާއި އެެއްފަދައިން ވަޒީފާއަށް ހާޒިރު ނުވެވުނީ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހުމުގެ ސަބަބުންނެެވެ.
މި ސިޓީގައި ސޮފްވާން އިތުރަށް ވަނީ ބްރޯޑްކޮމްގެ މެމްބަރުކަމުގައި ހުރެ އެއްވެސް އެއްވެސް މެމްބަރަކަށް ނުފޫޒު ފޯރުވާފައިނުވާނެކަމަށް ވިދާޅުވެފައެވެ. އަދި އަމިއްލަ މަސްލަހަތު އިސްކޮށް އެއްވެސް މައްސަލައެއް ނުނިންމާ ކަމަށްވެސް ވިދާޅުވިއެވެ.
ސޮފްވާން އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ނިންމީ، އޭނާ ކޮމިޝަންގެ މަސައްކަތްތަކަށް ނުނިކުންނަވާތީ އެވެ.
ސޮފްވާން ކޮމިޝަންގެ މަސައްކަތްތަކަށް ނުނިކުންނަވާތާ އަށް މަސް ވަނީ ވެފަ އެވެ. ސޮފްވާން މަސައްކަތަށް ނުނިކުންނަވަން ފެއްޓެވީ ކޮމިޝަންގެ ރައީސް ޝަހީބަށް ބިރުދެއްކި މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް