އިއްޔެ ފެނުނު ސޯމާލިއާ މީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ތަހުގީގުކުރަނީ
ފުވައްމުލަކު ކައިރިން އިއްޔެ ފެނުނު ސޯމާލިއާ މީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ދެނެގަތުމަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ޑިސެންބަރު 23 ވަނަ ދުވަހު ފުވައްމުލަކު ސިޓީ އަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ގެނައި ސޯމާލިއާގެ 3 ފިރިހެނަކު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ފުލުހުން ބުނީ އެމީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ދެނެގަތުމަށް ތަހުގީގުގެ ތެރެއިން މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން އެމީހުންނާއި ގުޅުން ހުރި އިދާރާތަކާއި މައުލޫމާތު ހިއްސާކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ސޯމާލިއާގެ އެ މީހުން ރާއްޖެ އައުމަށް ބޭނުންކުރި އައުޓްބޯޑު އިންޖީނެއް އަޅާފައި އޮތް، ޑިންގީ މިހާރު އޮތީ ފުވައްމުލަކު އަތިރިމަތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް