ހުޅުމާލޭ ހެދިކާ ވިއްކާ މޭޒުތަކުގެ ރައްކާތެރިކަން އެޗްޑީސީން ބަލަނީ
ހުޅުމާލޭގައި ހެދިކާ ވިއްކުމަށް ދޫކުރެވިފައިވާ މޭޒުތަކުގެ ވިއްކަމުންދާ ކާބޯތަކެތީގެ ރައްކާތެރިކަން ބެލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ޢާންމުންގެ ރައްކާތެރިކަމަށްޓަކައި ހެދިކާ ވިއްކުމަށް ދޫކުރެވިފައިވާ މޭޒުތަކުގެ ފެންވަރު ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދޫކުރެވިފައިވާ މޭޒުތަކުގައި ވިއްކާ ކާއެއްޗެހި ހަދަނީ އެޗްޕީއޭއިން ހުއްދަލިބިގެންތޯ އާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ފެންވަރަށްތޯ ބަލާނެކަމަށް އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.
މޭޒުތައް ދޫކޮށްފައިވަނީ އެޗްޑީސީންކަމުގައި ވިޔަސް ހެދިކާ ވިއްކުމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީގެ ހުއްދައެެއް ބޭނުންވާކަނަން އެޗްޑީސީގެ އޮފިޝަލް ފާހަގަކުރެެއްވިއެވެ.
މިހާރު ހުޅުމާލޭގެ ފްލެޓްތަކުގެ ތިރީގައި ހެދިކާ ވިއްކަމުންދަނީ ހަޓްތަކެއްގެ ސިފައިގައި ހުންނަ މޭޒުތަކަކުންނެވެ.
މި މޭޒުތަކަށް ހެދިކާ ތައްކާރުކުރަނީ ޢާންމުންގެ ގޭގެއިންކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް މިގެތަކުގެ ސާފުތާހިރުކަމާއި، ކެއްކުމަށް ބޭުނުންކުރާ ސާމާނުގެ ރައްކާތެރިކަމަކީ މިހާތަނަށް އެއްވެސް ފަރާތަކުން ބަލާފައިފާ ކަމެއްނޫންކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ފަހަކަށް އައިސް މިފަދަ ތަންތަނުން ވިއްކާ ހެދިކާތަކުގެ ސާފުތާހިރުކަމާއި، ފެންވަރާއި މެދު އާންމުންގެ ގިނަ ފަރާތްތަކުން ދަނީ ޝަކުވާކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް