ބްރިޖްގައި ހަރުކުރުމަށް ކެމެރާ ހޯދަނީ
ސިނަމާލެ ބްރިޖްގައި ދުއްވާ ވެހިކަލްތައް މޮނީޓަރ ކުރުމަށް ބޭނުންވާ ކެމެރާތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ވަނީ ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހަރުކުރުމަށް 77 ސަރވެއަލަންސް ކެމެރާ ހޯދުމަށް އިއުލާންކޮށްފައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބިޑް ރެޖިސްޓްރީ ފޯމު ފުރިހަމަ ކުރުމަށް ފަހު [email protected] އަށް ފޮނުވުމަށް އެދޭކަަމަށެވެ.
މިކަމުގެ ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 2019 ޖަނަވަރީ 27 ވަނަ ދުވަހު ގެ 23:59 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ފުލުހުން ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް