މޯލްޑިވިއަންގެ އަގުހެޔޮ ޓިކެޓް ވިއްކަން ފަށައިފި
އައިލެންޑް އެވިއޭސަންއިން ރާއްޖޭގެ އެތެރޭގަ އުދުހުންތަކުގެ ޓިކެޓް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. އެ ކުންފުނީގެ ފަރާތުން ބޭއްވި ޕްރެސް ބްރީފިންގައި ޓިކެޓްގެ އަގުތަށް ހާމަކުރަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން މޭނޭޖަރ މޫސާ ވަސީމް ވިދާޅުވީ މިއަދުން ފެށިގެން އަގޮހެޔޮކޮން ރަށްޔިތުންއަށް ޓިކެޓް ވިއްކަން ފަށާފައިވާކަމަށެވެ. އަދި ޓިކެޓްގެ އަގުތަށް އެކި ފެއާތަކުގައި ތަފާތުވާނެ ކަމަށެވެ.
މޯލްޑިވިއަންގެ ޓިކެޓުތައް ވިއްކުމަށް ހަމެޖެހިފައިވާ އަގުތައް:
- މާލެ – އިފުރު – މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާއި ދެމެދު
- މާލެ – ދަރަވަންދޫ – މާލެ 1،098 ރުފިޔާ އާއި 1،562 ރުފިޔާއާއި ދެމެދު
- މާލެ – ކައްދޫ – މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާއި ދެމެދު
- މާލެ – ކާޑެއްދޫ – މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާއި ދެމެދު
- މާލެ – ކޫއްޑޫ – މާލެ 1،652 ރުފިޔާ އާއި 2،442 ރުފިޔާއާއި ދެމެދު
- މާލެ – ގަން – މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާއި ދެމެދު
- މާލެ – ފުވައްމުލަށް – މާލެ 1،698 ރުފިޔާ އާއި 2،598 ރުފިޔާއާއި ދެމެދު
- މާލެ – ކުޑަހުވަދޫ – މާލެ 1،500 ރުފިޔާ އާއި 2،056 ރުފިޔާއާއި ދެމެދު
- މާލެ – ތިމަރަފުށި – މާލެ 1،610 ރުފިޔާ އާއި 2،226 ރުފިޔާއާއި ދެމެދު
މޫސާ އިތުރަށް ވިދާޅުވީ ކުންފުނީގެ ފަރާތުން ދަތުރުވެރިންނަށް ދޭ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. މޯލްޑިވިން އިންވަނީ ކުންފުނީގެ ހިދުމަށް ރަގަޅުކުރުމަށްޓަކައި އިތުރު ބޯޓްތަށްވެސް ގެނެސްފައެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަކީ ރާއީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ޓިކެޓްގެ އަގުތަށް ބޮޑުތަނުން ކުޑަކުރެވޭނެކަމަށް ރިޔާސީ އިންތިޙާބުގެ ކެމްޕެއިންގައި ރައީސް ސޯލިހްވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް