ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ
އަބަދަށްފެހި މަގުގައި މިރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާއި ގުޅިގެން ކެބިނެޓްގެ ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އަލިފާން ރޯވެފައިވާ ސަރަހައްދު ބައްލަވާލެއްވުމަށްފަހު މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އަމަލީ ގޮތުން އަލިފާން ނިވުމަށްޓަކައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށާއި މިއީ ވަރަށް ދެރަކޮށް ހިނގި ހާދިސާއެއްކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އިލްތިމާސަކީ ކިރިޔާވެސް މިހާދިސާއިން ގެއްލުމެއް ލިބިފައިވާ ފަރާތެއްވާނަމަ ވީހާވެސް އަވަހަކަށް ކަމާބެހޭ އިދާރާތަކުން އެހީ ހޯދުންކަމަށެވެ.
އަދި ސަރުކާރުގެ ހުރިހާ މުއައްސަސާއަކުންނާއި ހުރިހާ މިނިސްޓްރީތަކުން މިކަމުގައި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިރޭގެ ވަގުތެއްގައި ކެބިނޭޓާ ބައްދަލުކޮށް މިކަން ކުރިޔަށް ގެންގޮސް އަވަހަށް މިކަމުން ސަލާމަތް ވެވޭނެ ގޮތެއް ހޯދައި، ކުރިޔަށް އޮތްތާގައި މިފަދަ ހާދިސާއަކުން ރައްކާތެރިވެ މިކަހަލަ ކަމެއްވިޔަ ނުދިނުމަށް އެޅޭނެ ފިޔަވަޅުތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް