އާޒިމާއަށް ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލިފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާާޛާ އައިޝަތު އާޒިމާ ޝަކޫރަށް ދައުވާގެ ލިޔުންތައް ހަވާލުކޮށްފިއެވެ.
އާޒިމާއަށް މިއަދު ދައުވާގެ ލިޔުންތައް ހަވާލުކުރިކަމުގައިވީނަމަވެސް، ޝަރީއަތް ފެށޭ ތާރީޚެއް އެނގިފައެއް ނުވެއެވެ.
މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އާޒިމާގެ މައްޗަށް، މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އުފުލާފައިވާ އިރު އެ މައްސަލަ ސާބިތުވެއްޖެ ނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމަނާކުރާާނެއެވެ. ނުވަތަ ދެ އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ޖަލު ހުކުމެއް އާޒިމާގެ މައްޗަށް ކޮށްފާނެ އެވެ. ނުވަތަ އޭނާ ޖޫރިމާނާ ކުރުމާ އެކު ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފާނެ އެވެ.
ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލުމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލާފައިވާ އިރު އެ މައްސަލައިގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް