ދަނޑުވެރި ނަފާ ލޯން ސްކީމް ތައާރަފްކޮށްފި
މިއަދު ތައާރަފްކުރެވުނު އެސް.އެމް.އީ ބޭންކުން، "ދަނޑުވެރި ނަފާ" ލޯން ސްކީމްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
މި ލޯން ސްކީމަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުކުރުމަށް ތައާރަފްކުރި ސްކީމެކެވެ.
މި ސްކީމްގެ ސަބަބުން ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ "ދަނޑުވެރި ނަފާ" ލޯނުގެ އެންމެ މުހިންމު އެއް މަޤްޞަދުކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެސްއެމްއީ ބޭންކް އިފްތިތާހުކުރުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަމަށް ބަލާއިރު އެއީ، ދިވެހި އަންހެނުންގެ ޙިއްޞާ ވަރަށް ބޮޑު މަސައްކަތެއްކަމަށާއި އަދި ޤައުމީ އުފެއްދުންތެރިކަމުގެ ވަރަށް މުހިންމު ޞިނާޢަތެއްވެސްމެއެވެ.
"އެހެންކަމުން، ދަނޑުވެރިކަމުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ޞިނާޢަތަކަށް ހެދުމަށް، ސަރުކާރުންވަނީ ސިޔާސަތުތަކެއް އެކުލަވައިލާފައި"، ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް