އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަނު ކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް މ. ލާލުބާގް އަހްމަދު ޝަހީރު އައްޔަނު ކުރައްވައިފި އެވެ.
ޕީސީބީން ވަނީ އެކަން މިއަދު އިއުލާނު ކުރައްވާފަ އެވެ.
ޝަހީރު ކުރީން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމުގަ އެވެ. އެ މަގާމަށް ޝަހީރު އައްޔަނު ކުރެއްވީ މިދިޔަ އަހަރު އެވެ. ނަމަވެސް ފަހުން ވަނީ އެ މަގާމުން ވަކި ކުރައްވާފަ އެވެ.
ޝަހީރަކީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ އެންމެ ހިދުމަތްތެރި މުވައްޒިފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ކުންފުނީގެ ވަރަށް ގިނަ މަގާމުތައް ފުުރުއްވާފައިވެ އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޝަހީރު ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުުރުއްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް