މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފި
މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފިއެވެ.
ފުލުހުން ބުނީ، ރޭ 4:32 ހާއިރު މާލޭ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ގާބުރިއަކުން ޖަހާ ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން މިމަހުގެ 16 ވަނަ ދުވަހުވެސް ވަނީ ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލާފައެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަ ގަތުލުއާއްމާއި ގުޅިގެން އިސްރާއީލަށް އެހީދޭ ވިޔަފާރިތައް ބޯއިކޮޓް ކުރުމަށް ގޮވާލާ އަޑުތައް ރާއްޖޭގައި ގަދަވެފައިވާއިރު، ކޭއެފްސީ އަކީވެސް އެފަދަ ވިޔަފާރިއަކަށްވާތީ އެތަން ބޯއިކޮޓް ކުރުމަށް ގޮވާލައި އެތަނުގެ ބޭރުގައި ސިލްސިލާކޮށް ބައެއް ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް