ލެޕްރަސީގެ އިއުލާންކުރެވުނީ އޮޅުމަކުންކަަމަށް ބުނެފި
ގދ.ފަރެސްމާާތޮޑާގައި ލެޕްރަސީ ނުވަތަ ޖުޒާމްބަލި ފެތުރޭކަމަށް އިއުލާންކުރެވުނީ އޮޅުމަކުންކަމަށް ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެރަށު ސިއްހީ މަރުކަޒުގެ މެނޭޖަރ މުހައްމަދު ސޮބާހު ވިދާޅުވީ އެރަށުގައި ޖުޒާމްބަލި ފެތުރެމުންދާކަމަށް އިއުލާންކުރީ އޮޅުމަކުން ކަމަށާއި، ނަމަވެސް އެ ބައްޔަށް ސްކްރީންކުރުމުގެ ހަރަކާތެއް އެރަށުގައި ކުރިއަށް ގެންދިޔަކަމަށެވެ.
އަދި މި ޕްރޮގްރާމް ހިންގާފައިވަނީ ރާއްޖެއިން ޖުޒާމްބަލި ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންކަމަށ ސޮބާހު ވިދާޅުވިއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އިއުލާނެއްގައިވާ ގޮތުގައި ލެޕްރަސީ ނުވަަތަ ޖުޒާމް ބަލި މިހާރު ދަނީ ފަރެސްމާާތޮޑާގައި ދަނީ ފެތުރެމުންނެވެ. އެގޮތުން ފަރުވާ ދެމުންދާ ބަލިމީހުން އެރަށުގައި ދިރިއުޅެމުންދާކަމަށް ވަނީ ބުނެފައެވެ. މި ބައްޔަކީ ނުރައްކާތެރި އަދި ކޮންމެ އިންސާނަކަށްވެސް ޖެހިދާނެކަމަށް ވަނީ ބުނެފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ މިބައްޔަކީ ވަރަށް ނުރައްކާތެރި ކޮންމެފަދަ އިންސާނަކަށްވެސް ޖެހިދާނެ ފަދަ ބައްޔެއްކަމަށާއި އެހެންކަމުން މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތަކީ ބަލީގެ ކުރީކޮޅު ބަލި ދެނަގަނެ ފަރުވާދިނުންކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް