ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގައިވެސް ރައީސް ސޯލިހު!
މިއަހަރުގެ ރަަމަޟާން މަަހަށް ހެރިޓޭޖް މިނިސްޓްރީން އިސް ނަގައިގެން ބޭއްވި މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަމަލީ ސިފައެއްގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
އެގޮތުން މިއަދު ހަވީރު އެމަނިކުފާނު ވަނީ ހެރިޓޭޖް މިނިސްްްޓަރ ޔުމްނާ މައުމޫނާއި، މިނިސްޓްރީގެ މުވައްޒަފުންނާއި އަދި އާންމުންނާއި އެކު މިސްކިތުގެ އާބާތުރަ ފިލުވުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާފައެވެ.
ރައީސް ސޯލިހު ވަނީ މިސްކިތުގެ ގޯތި ތެރޭގައި ދޮންެވެލި ލުމާއި، މިސްކިތުގެ ވަޅުން ދިޔަހިއްކުމުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ހުކުރު މިސްކިތަކީ ރައީސް ސޯލިހު އާންމުގޮތެއްގައި ހުކުރަށް ވަޑައިގަންނަވާ މިސްކިތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް