ބޮޑުކުރި މުސާރަ ފުލުހުންނަށް ހަމައަށް ނުލިބޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބޮޑުކުރި މުސާރަ ފުލުހުންނަށް ހަމައަށް ނުލިބޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް ފުލުހުން ބުނެފި އެވެ.
އެ ވާހަކަތަކާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ކަނޑައެޅުއްވި ގޮތަށް ބޮޑުކުރި މުސާރަ އެއްވެސް އުނިއިތުރު ކުރުމެއް ނެތި ފުލުހުންނަށް ދެމުން ގެންދާ ކަމަށެވެ.
ސްޕެޝަލް ކޮންސްޓަބުލަރީގެ ހިދުމަތަކީ އާންމު ފުލުހުންނާއި ހިލާފަށް އެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު އެއްބަސްވުމެއްގެ ދަށުން ދެވޭ ހިދުމަތެއް ކަން ފާހަގަކޮށް މި ބަޔާނުގައި ބުނީ އެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން އެކަމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް މުސާރަ ދިނުމުގައި ދަނީ އަމަލު ކުރަމުން ކަމަށެވެ.
އަދި ބުނީ ސްޕެޝަލް ކޮންސްޓަބުލަރީގެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން އިތުރުކުރެވިފައިވާ މުސާރަ ދެމުން ގެންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް