މީހުންގެ ލަދުވެތި ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި ފެތުރުމަކީ އިސްލާހުކުރުމެއް ނޫން: އަލީ ރަމީޒް
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
އިސްލާޚު ކުރުމުގެ ނަމުގައި މީހުންގެ ލަދުވެތި ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި ފެތުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ދީނި ޖަމިއްޔާއެއް ކަމަށްވާ މަންފާގެ ރައީސް ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
ޢަލީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ މަންޒަރުތައް ފެތުރުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. އަދި އޭގެ ސަބަބުން އިސްލާހުވުމުގެ ބަދަލުގައި ފަސާދަ އުފެދިގެންދާނެ ކަމަށް ވެސް އެޕޯސްޓުގައިވެއެވެ.
ޢަލީ ވަނީ މި ފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރި ވެފައެވެ.
އަލީ ރަމީޒު މި ޕޯސްޓުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ހެންވޭރު ގުދަނެއްގެ މައްޗަށް ވެއްޓުނު އަންހެން ކުއްޖާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.
މި ހާދިސާގައި އަނިޔާވި ހައްވާ ޔުމްނު ރަޝީދަށް މިހާރު ދަނީ މެލޭޝިޔާގައި ފަރުވާ ދެމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް