އުރީދޫ މިފަހަރުވެސް ތަފާތުކޮށް: ރާއްޖެއަށް ވައިފައި ކޯލިންގ ތައާރަފްކޮށްފި
ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ އުރީދޫ މޯލްޑިވްސްއިން ފުރަތަމަ ފަހަރަށް ވައިފައި ކޯލިންގްގެ ޚިދުމަތް ދިވެހިރާއްޖެއަށް ތައާރަފްކޮށްފިއެވެ.
މި ޚިދުމަތް ތައާރަފްކޮށްފައިވަނީ މިރޭ ކުރިއަށްދާ އުރީދޫ ކަލަރ ރަން މިއުޒިކް ފެސްޓިވަލްގެ ތެރެއިން ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާނެވެ.
ވައިފައި ކޯލިންގްގެ ޚިދުމަތުގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އެޗްޑީކޮށް އުރީދޫގެ ކޯލިން ރޭޓުތަކާ އެއް އަގެއްގައި ރޭންޖް ދަށް ހިސާބުތަކުގައި ތިބި ފަރާތްތަކަށް ގުޅާލެވޭނެއެވެ.
މި ޚިދުމަތް ލިބެނީ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ބައެއް ފޯނުތަކަށްކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް