ސަފީރު ޚަލީލްގެ ފަތްކޮޅު ސައުދީ ރަސްގެފާނަށް އަރުވައިފި
ދިވެހިރާއްޖެއިން ސަޢޫދީޢަރަބިއްޔާއަށް ކަނޑައެޅުއްވި އައު ސަފީރު މުހައްމަދު ޚަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސަޢޫދަށް މިއަދު އަރުވައިފިއެވެ.
ޚަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު ރިޔާދުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ސަޢޫދީ ރަސްގެފާނު ވަނީ އެމްބެސެޑަރ ޚަލީލަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް ވެދުން އަރިސްކުރައްވާފައެވެ.
އެމްބެސެޑަރ ޚަލީލު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ފަރާތްޕުޅުން ރަސްގެފާނު ސަލްމާނަށް ވެދުން ދަންނަވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒު އަލްއައްސާފް އާއި މިނިސްޓަރ އޮފް ސްޓޭޓް އަދި ކެބިނެޓް މެމްބަރު ޑރ. މުސައިދު ބިން މުހައްމަދު އަލްއައިބާން ބައިވެރިވެވަޑައިގަތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް