ރ އަތޮޅުން ފެށިގެން އދ އަށް ހުދު ސަމާލު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރ އަތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓުން ބުނީ ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި ވިލާގަނޑުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށެވެ.
އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:15 އިން 11:00 އާ ހަމައަށެވެ.
މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީވެ ކަމާބެހޭ އިދާރާތަކުން ވަނީ، ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދައިގެން ދަތުރަށް ފެށުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް