ހުޅުމާލެ ފަރުކޮޅުފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ފަރުކޮޅުފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި މި ގުދަނަކީ ކޮންޓެއިނަރުން ހަދާފައި ހުރި ތަނަކަށް ވާއިރު، އަލިފާން ރޯވެފައިވަނީ ކޮންޓެއިނަރު އެތެރޭގައި ހުރި ހާޑްވެއާ ސާމާނުތަކެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް