ގަނޑުކުރި ކުކުޅުތަކަކާއި، ޗިކަން ނަގެޓްސް އަދި ފިޔާ ތަކެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގަނޑުކުރި ކުކުޅުތަކަކާއި، ޗިކަން ނަގެޓްސް އަދި ފިޔާ ތަކެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން އާއްމުކުރި އިއުލާނުގައި ބުނެފައިވަނީ، އެތަކެތި ފެނިފައިވަނީ، މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލޭން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރުކުރި ޓެކްސީއެއްގެ ޑިކީ ތެރެއިން ކަމަށެވެ. ފުލުހުން ބުނީ، މި ތަކެތީގެ ވެރިފަރާތުން، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދޭކަމަށެވެ.
ސަފާރީ ތަކަށާއި އެނޫންވެސް އުޅަނދުތަކަށް ކާބޯތަކެތި އެރުވުމަށް ފިލާ ޖެޓީ ބޭނުންކުރާއިރު، ބައެއް މީހުން އެ ސަރަހައްދަށް ސަޕްލައި ފޮނުވުމުގައި ކާރު އަދި ޕިކަޕަށް ތަކެތި ލާފައި ފޮނުވައެވެ.
އެގޮތަށް ބައެއް ފަހަރު ފޮނުވާއެއްޗެހި ބަލާނައިސް ވެރިފަރާތް ނުވަތަ ތަކެތި ސަޕްލައިކުރި ފަރާތާ ދިމާނުވުމުން ބައެއް ޑްރައިވަރުން އެތަކެތި ފުލުހުންނާއި ހަވާލުކުރާ ފަހަރު އަންނަކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް