ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާ ވެއްޖެ އެވެ.
މެރިން ޕޮލިސް އިން ބުނީ ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ހިނގާފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގީ މާލެ، ޖެޓީ ނަންބަރުއެކަކާ ދިމާ ބޭރުންނެވެ.
އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިރޭ 9:10 ހާއިރު ކަމަށާ އެ ސަރަހައްދުގައި މެރިން ޕޮލިސް އިން ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
އެކްސިޑެންޓްގައި ލޯންޗަށް ވަނީ ގެއްލުންވެފަ އެވެ. ދޯނި މަޑުނުކޮށް ދިޔަ ކަމަށް ބުނެ އެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް