ލުބުނާނުގެ ދެކުނު ބެއިރޫތުގައި ހުރި އިމާރާތަކަށް ވައިގެ ހަމަލާ އިޒްރޭލުން ދިންފަހުން: ފޮޓޯ/ އޭޕީ
ލުބުނާނުގެ ދެކުނު ބެއިރޫތުގައި ހުރި އިމާރާތަކަށް ވައިގެ ހަމަލާ އިޒްރޭލުން ދިންފަހުން: ފޮޓޯ/ އޭޕީ
ދުނިޔެ 29 Apr 2025 | 06:50

ލުބުނާންގެ 50 ސަރަހައްދަކަށް ހަމަލާ ދީފައިވާނެ އިޒްރޭލު އަސްކަރިއްޔާއިން ބުނެފި

މި ނިމޭ އޭޕްރިލް މަހު އެކަނި ވެސް ލުބުނާންގެ 50 ސަރަހައްދަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ފްރާންސްއާއި އެމެރިކާ އިންތިޒާމުކޮށްގެން ހަނގުރާމަ ހުއްޓުމަށް އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް، އިޒްރޭލުން ގެންދަނީ ލުބުނާންގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

އިޒްރޭލު އަސްކަރިއްޔާއިން ބުނެފައިވާ ގޮތުން އެ ހަމަލާތައް ދީފައި ވަނީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ލުބުނާނުން ނުހިފާއްޓާތީ އިޒްރޭލުގެ ދައުލަތާއި، އެ ޤައުމުގެ އާންމު ރައްޔިތުންނަށް ނުރައްކާ ވުމުންނެވެ. އަދި އިޒްރޭލުން ދެކުނު ބެއިރޫތަށް އާދިއްތަ ދުވަހު ދީފައިވާ ހަމަލާއަކީ ހިޒްބުﷲ އިން މިސައިލް ރައްކާ ކުރާ އިމާރާތަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، ހިޒްބުއްﷲ ގެ ލީޑަރު ހާމަކޮށްފައިވާ ގޮތުން އިޒްރޭލުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ދެގައުމުގެ ދެމެދުގައި ހަނގުރާމަނުކުރުމަށް އެއްބަސްވެފައިވާ އެއްބަސްވުމާ އެއްގޮތަށް ލުބުނާނުން އަމަލު ކުރަމުން ދަނިކޮށެވެ. އަދި ހަމަލާތައް އަމާޒުކޮށްފައި ވަނީ ލުބުނާނުގެ އާންމު ރައްޔިތުންނަށް ކަމަށްވެސް މައުލޫމާތުދިނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް