ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލައި އިހުތިޖާޖުކޮށްފި
ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް ބަޔަކު އިހްތިޖާޖުކޮށްފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގައި ކުރިއަށްގެންދިޔަ އެ އަޑުއުފުލުމުގައި ބައިވެރިވި ފަރާތްތަކުން ގޮވާލާފައިވަނީ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިވާތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި އެއާޕޯޓްގެ މަސައްކަތް އަލުން ފަށައި ވީހާވެސް އަވަހަށް ހިދުމަތަށް ގެނައުމަށް އެމީހުން ވަނީ ގޮވާލާފައެވެ.
އެމީހުން ގޮވާލާފައިވަނީ ސަރުކާރުން އެމީހުންގެ އަޑުއަހައި އެކަމަށް އަވަސް ހައްލެއް ގެނައުމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް ސަރުކާރުގެ ވަފުދުތައް ކުޅުދުއްފުއްޓަށް އަންނަ ޖެހޭނީ އެއާޕޯޓްގެ މަސައްކަތް ފަށާނެ ތާރީޙެއް އިއުލާންކުރުމަށްފަހު ކަމަށްވެސް އިހުތިޖާޖުގެ ބައިވެރިން ބުނެފައިވެއެވެ. އިހުތިޖާޖުގެ ބައިވެރިން އިހުތިޖާޖު ހުއްޓާލާފައިވަނީ އެހަރަކާތްތަަށް އިތުރަށް ކުރިއަށް ގެންދާނެ ކަމަށް އިއުލާން ކޮށްފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ފަށާ އެއާރޕޯޓުގެ ރަންވޭއަށް ވަނީ ފުލައިޓެއްވެސް ޖައްސާފައެވެ. ނަމަވެސް އޭރު އެއާރޕޯޓްގެ މަސައްކަތްތައް އެއްކޮށް ނިމިފައިނުވެއެވެ. މިސަރުކާރު އައުމާއިކު އެ ޕްރޮޖެކްޓް ވަނީ ހުއްޓިފައެވެ.
ޕޮޓޯ: ކުޅުދުފުށި.ކޮމް
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް