އޭސީސީގެ މެންބަރުން ވަކިކުރުމަށް ޕެޓިޝަންއެއް ހުށައަޅައިފި
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވައްދައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް އެޑްރެސްކޮށްފައިވާ މި ޕެޓިޝަންގައި ވަނީ ކޮމިޝަންެގެ މެންބަރުންނަށް ކޮަރަޕްޝަންގެ ތުހުމަތު ކުރެވޭކަން ފާހަގަކޮށް، އެ މެންބަރުން ނުފޫޒުން އެއްކިބާވެފައިވާ މިންވަރާއި މެދު ސުވާލުއުފައްދާފައެވެ.
މަޝްހޫރު ގާނޫނީ ވަކީލު ޝުނާނާ އިސްވެ ހުންނަވައިގެން އެކުލަވާލި މި ޕެޓިޝަންގައި 1065 މީހަކު ސޮއި ކުރިއިރު، އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.
ޕެޓިޝަންގައި ސޮއިކޮށްފައިވަނީ މާލެ އާއި އައްޑޫގައި ދިރިއުޅޭ މީހުންނެވެ. އެއީ އެންމެ ހަތް ގަޑިއިރު ތެރޭގައި ކުރި މަސައްކަތުން ހޯދުނު ސޮއި ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް