N/A
N/A
ހަބަރު 23 Jan 2019 | 09:26

އުރީދޫގެ ޕާޓްނަރުންގެ ވިއުގަ ހަރުދަނާކޮށް، އުރީދޫ އެކްސްޕީރިއަންސް މުޅި ރާއްޖެއަށް!

އުރީދޫގެ ޕާޓްނަރުންގެ ވިއުގަ ހަރުދަނާކޮށް، ކަސްޓަމަރުންނަށް އަވަސް އަދި ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް ބާރުވެރިކޮށްދޭ ސުމޭކީ ވަސީލަތްތަކާއި ވިޔަފާރީގެ ބައިވެރިން ގުޅުވައިދީގެން، އެކުންފުނީގެ މައި ފިހާރަތައް ނުވަތަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން ލިބިލައްވާ އެންމެހާ ޚިދުމަތްތަކެއް ރާއްޖޭގެ އާބާދުވެފައިވާ ހުރިހާ ރަށަކުން ފޯރުކޮށްދިނުން މަގުފަހިކޮށް ދީފިއެވެ.

މީގެތެރޭގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލޭނާއި އެޑް-އޯންތައް ޚިޔާރުކުރެއްވުން، އުރީދޫގެ ބިލަށް ފައިސާ ދެއްކުން އަދި އެމް-ފައިސާގެ ޚިދުމަތްތައް ހޯދުންވެސް ހިމެނެއެއެވެ.

ހަމައެހެންމެ، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ތައާރަފް ކޮށްފައިވާ ރަށްތަކުގައި، ސުޕަނެޓްގެ ޚިދުމަތްތައްވެސް އުރީދޫގެ ޕާޓްނަރ ފިހާރަތަށް މެދުވެރިކޮށް ބައްލަވައިގަނެވޭނެ އެވެ. އަދި ހުރިހާ ފިހާރަތަކުންވެސް އުރީދޫގެ ޚިދުމަތްތަކާއި ބިލްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދެވި، ކަސްޓަމަރުންގެ ސުވާލުތަކަށް ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

"ސުމޭކީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި، ކަސްޓަމަރުންނާއި ހަމައަށް އަޅުގަނޑުމެންގެ ޚިދުމަތްތައް ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ސްޓްރެޓެޖީ އިން ފެށިގެންގޮސް، ކަސްޓަމަރުންނާއި ކުރާ މުއާމަލާތްތަކާއި، ކުންފުނީގެ އެތެރޭގެ ތަފާތު ހިންގުންތަކާއި ހަމައަށްވެސް، އަޅުގަނޑުމެން މިދަނީ ސުމޭކީ އާލާތްތައް މެދުވެރިކޮށް ވަރުގަދަ ކުރަމުން. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް، އުރީދޫގެ ކޮންމެ ޚިދުމަތެއް ޚިޔާރުކުރުމުގެ ފުރުސަތު މަގުފަހިކޮށް، ކަސްޓަމަރުންގެ ކޮންމެ ބޭނުމަކަށްވެސް އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެން ނުހަނު ފަޚުރުވެރިވާ ކަމެއް. ޒަމާނީ ޓެކްނޮލޮޖީތަކާއި، އީޖާދީ ޚިދުމަތްތަކުގެ އެހީގައި އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، އަޅުގަނޑުމެންނާއި އެކު ކަސްޓަމަރުން ކުރާ ކޮންމެ ތަޖުރިބާއެއްވެސް އިތުރަށް ފުރިހަމަކޮށްދިނުމަށް." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެހިފައިވާ ކަސްޓަމަރުންނަށް އެއް ފެންވަރެއްގައި، ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަކީ އުރީދޫ އިން ފެށުނީއްސުރެ އަހަމިއްޔަތުކަންދޭ ކަމެކެވެ. 2016 ވަނަ އަހަރު ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އެޅުމާއި އެކު، އުރީދޫއިން ވަނީ މުޅި ރާއްޖެއަށް 4ޖީ+ގެ ނެޓްވަރކް ފޯރުކޮށްދީ، ގައުމުގެ ސުމޭކީ ވިއުގަ އެތައް ގުނައަށް ވަރުގަދަ ކޮށްދީފައެވެ. މިކަން ވެގެން ދިޔައީ، އެންމެހާ ދިވެހިންވެސް ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ ސުމޭކީ ދުނިޔެއާއި ގުޅުވާލަދިން ކަމަކަށެވެ. ހަމައެހެންމެ، އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ މަގުފަހިކޮށްދިނުމުގައި ބްރޯޑްބޭންޑުގެ މުހިއްމު ދައުރު ދެނެގަނެ، އުރީދޫ އިން ވަނީ 4ޖީ+ މެދުވެރިކޮށް ބްރޯޑްބޭންޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ ބުރަ މަސައްކަތާއި އެކު، 2018 ގެ ނިޔަލަށް ވަނީ ރާއްޖޭގެ %60 އަށް ޚިދުމަތް ފޯރުކޮށްދީފައެވެ.

މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން ފަދަ ސުމޭކީ ޕްލެޓްފޯމްތައް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ތަނަކު ހުރެގެން، ކޮންމެ ވަގުތެއްގައިވެސް އުރީދޫގެ ޚިދުމަތް ހޯދޭނެއެވެ. ލިބިގެންދާ ފަސޭހަތަކާއި، އަވަސް ޚިދުމަތްތުގެ ސަބަބުން، 2018 ވަނަ އަހަރުގައި އުރީދޫގެ މި ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮށްފައިވާ ސުމޭކީ މުއާމަލާތްތައް ވަނީ ދެގުނަވެފައެވެ. ހަމައެހެންމެ، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ ޕާޓްނަރުންނާއި އެކު، އުރީދޫ އިން މަސައްކަތް ކުރަނީ އަމަލީގޮތުން އެހީ ބޭނުންފުޅުވާ ކަސްޓަމަރުންނަށްވެސް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

އުރީދޫގެ ކަސްޓަމަރުންގެ ތަޖުރިބާތައް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުކުރުމަށްޓަކައި، އެކުންފުނިން ޚިދުމަތްތަކާއި، ޚިދުމަތް ފޯރުކޮށްދޭ ގޮތަށް އީޖާދީ ބަދަލުތައް ގެނެސް ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...