ގެއަކަށް ވަދެ އިންޒާރުދީ ގެއްލުން ދީފި، ކުށުގެ ވެށީން ހަތަރު މީހަކު ހައްޔަރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގެއަކަށް ވަދެ އިންޒާރުދީ ގެއްލުން ދިން މައްސަލައެއްގެ ތުހުމަތު ގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއަކަށް ބަޔަކު ވަދެ އެ ގޭގެ ވެރިފަރާތަށް ބިރުދައްކާފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ ގެއަށް ރޭ 12:45 ގާއިރު ހަތަރު މީހުންގެ ގުރޫޕަކުން ވަދެ ގެއްލުން ދީފައިވާ ކަމަށެވެ.
އެ މަައްސަލައާ ގުޅިގެން އެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ އެ ހަތަރު މީހުން ވެސް ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށެވެ.
އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރުގެ ދެ ޒުވާނަކާއި 23 އަހަރުގެ ދެ ޒުވާނުންނެވެ. އެއީ ދިވެހި ފިރިހެނުންނެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށް ވެސް މުއްދަތު ޖަހާފައިވާ ކަމަށެވެ. އެ މީހުންގެ ބަންދަށް ދިނީ 15 ދުވަހެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް