ހިތްގައިމު މަންޒަރެއް؛ ހުޅުމާލޭ ދެ ފިޔަވަހި ގުޅުވައިދޭ ވޯޓާ ޗެނަލް ގައި ކޯމަސްތަކެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖު ދަަށުގައި އޮންނަ އޮންނަ ސަރަހައްދަށް ގިނަ އަދަދެއްގެ ކޯމަސްތަކެއް ވަދެއްޖެއެވެ.
މި ކޯމަސްތައް އެ ތަނަށް ވަދެފައުވަނީ މިއަދު މެންދުރު ގާތްގަނޑަކަށް 2 ޖަހާކަންހާއިރު އެވެ. އެ މަސްތައް އަދިވެސް ތުވޫ އެ ސަރަހައްދުގައެވެ.

މިއީ އާއްމުކޮށް ނުފެންނަ، ބަލާލަން ހިތްގައިމު މަންޒަރަކަށްވާއިރު، ކޯމަސްތައް ބަލާލުމަށް ގިނަ ބަޔަކު އަންނަނީ އެ ސަރަހައްދަށް ޖަމާވަމުންނެވެ. އެގޮތުން ކުދި ކުދިންނާއި ބޮޑެތި މީހުންނާއި ފަތުރުވެރިންވެސް ކޯމަސްތައް ބަލާލުމަށް އެ ސަރަހައްދުގައި އެއްވެ އެބަތިއްބެވެ.
އެތަނުން އެއް ބަޔަކު ފޯނުންނާއި ކެމެރާތަކުން ފޮޓޯ އަދި ވީޑިއޯ ނަގަމުންދާއިރު، އަނެއްބަޔަކު، އެ މަންޒަރު ވީހާވެސް ގާތުން ބަލާލުމަށް އެ ސަރަހައްދަށް މޫދަށް އެރިވެސް އުޅުނެވެ.
ކޯމަހަކީ ވަރަށް އެކުވެރިކަމާއެކު އެކުއެކީ ދިރިއުޅޭ މަހެކެވެ. އެއީ އިންސާނުންނާވެސް ވަރަށް އަވަހަށް ދޯޅު، ރަހުމަތްތެރިއެކެވެ. އެހެންކަމުން ކުދިބޮޑު އެންމެންގެ މެދުގައުވެސް އެ މަހަކީ ވަރަށް މަޝްހޫރު މަހެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް