ދެ ފުލުހަކަށް ހަމަލާ ދިން އަންހެނެއްގެ ބަންދަށް 10 ދުވަސް
ދެ ފުލުހަކަށް ހަމަލާ ދީ، މާރާމާރީ ހިންގި އަންހެނަކު ބަންދުކޮށްފި އެވެ.
ފުލުހުން ހާމަ ކުރި ގޮތުގައި، ދެ ފުލުހަކަށް ހަމަލާ ދީ މާރާމާރީ ހިންގުމުން، 45 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ އަންހެން މީހާ ހަމަލާދީފައިވަނީ، ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް އުޅޭތީ އޭނާ ކައިރިއަށް، ދިޔަ ދެ ފުލުހަކަށެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އެ އަންހެން މީހާ ހަމަލާ ދިނީ، އަންހެން ފުލުހަކަށާއި ފިރިހެން ފުލުހަކަށެވެ.
މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން، މިހާރު އެ އަންހެން މީހާގެ ބަންދަށް ވަނީ، ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް