ބޮމުގެ ހަމަލާތަކާއި ގުޅިގެން މީހުން ހައްޔަރުކުރަން ފަށައިފި
ލަންކާގައި މިއަދު ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކާއި ގުޅިގެން މީހުން ހަައްޔަރުކުރަން ފަށައިފިއެވެ.
އެގޮތުން ލަންކާގެ ޚަަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި އެންމެފަހުން ބޮމުގެ ހަމަލާދިން ޑެމަޓަގޮޑާ ސަރަހައްދުން ވަނީ ހަތަރު މީހުން ހައްޔަރުކޮށްފައެވެ.
އެ ސަރަހައްދުގައި ހަމަލާދީފައިވަނީ ހައުސިންގް ކޮމްޕްލެކްސް އަކަށެވެ.
އަދި ދެހިވަލަ ޒޫ ރޯޑްގައި ހުރި ހޮޓަލަކަށް ހަމަލާދިން މީހަކުވެސް ހައްޔަރުކުރެވިފައިވާކަމަށްވެއެވެ.
ޑެމަޓަގޮޑާގައި ދިން ހަަމަލާގައި ލަންކާގެ ތިން ފުލުހުންވެސް ވަނީ މަރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް