މެންބަރު ރިޒާ މާދަމާ ހުވާކުރައްވަނީ
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގަތް ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ، މާދަމާ މަގާމުގެ ހުވާކުރައްވާގޮތަށް ހަމަޖައްސައިފިއެވެ.
ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ ރިޒާ ހުވާ ކުރެއްވުން މާދަމާ ހެނދުނު 10:00 ޖަހާއިރު މަޖިލީހުގެ އިދާރާގައި އޮންނާނެ ކަމަށެވެ.
އެހެން މެންބަރުންނަށްވުރެ ފަހުން ރިޒާ ހުވާކުރައްވަނީ އުމްރާގެ އަޅުކަން ކުރެއްވުމަށް ވަޑައިގެން ހުންނެވުމަށްފަހު އެނބުރި ވަޑައިގަތުމުންނެވެ.
ރިޒާއަކީ ނިމިދިޔަ އަށާރަ ވަނަ މަޖިލީހުގައިވެސް ގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވި ޕީޕީއެމްގެ މެންބަރެކެވެ.
ރިޒާ އަށް ހުވާލައިދެއްވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް